އިސްލާމީ އިމުގެ ތެރެއިން މި އަހަރުގެ އަޟްހާ ޢީދު ފާހަގަކުރި 8 ފަރާތަކަށް ޖަމްޢިއްޔަތުއް ސަލަފުން ހަނދާނީ ލިޔުންދީފިއެވެ.
އެ ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުމަށް ޚާއްސަކޮށް ސަލަފު ޖަމިއްޔާއިން ރޭ ވަނީ ޚާއްސަ ހަފުލާއެއް ބާއްވާފައެވެ.
އިސްލާމީ އިމުގެ ތެރެއިން އީދު ފާހަގަކޮށްގެން އެ ހަފްލާގައި ހަނދާނީ ލިޔުން ލިބުނު ފަރާތްތަކަކީ އދ.ދަނގެތި ޖަމްޢިއްޔަތުލް ޤަލަމް، ގާފަރު ކައުންސިލް ،ހދ.ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލަ، ރ. ކިނޮޅަސް ކައުންސިލް، ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި އެރަށުގެ ބްރަދާސް އެކަޑަމީ އަދި ހދ. ވައިކަރަދޫ ކައުންސިލު، ނަޑެެއްލާ އައިލެންޑް ޑެވެލޮޕްމެންޓ ސޮސައިޓީއެވެ.
އެ ހަފްލާގައި އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާން އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފެވެ.




