ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.
މެޑަމް ސާޖިދާ ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ ރަށުން އެ ކަމަނާއަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މެޑަމް ސާޖިދާގެ މި ދަތުރުފުޅުގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެެވެ.
އެގޮތުން އެ ޖަލްސާގައި ”ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް“ ، ”އެންޑޯމެޓްރިއޯސިސް ޚިދުމަތް“ އަދި ”ޓެލެމެޑިސިން ޚިދުމަތް“ އެ ހޮސްޕިޓަލުގައި އިފްތިތާޙް ކޮށްދެއްވާނެއެވެ.
މެޑަމް ސާޖިދާ މިއަދު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްލަވާލައްވައި ހޮސްޕިޓަލުގެ އިސްބޭފުޅުންނާއި، ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުގެ ވެރިންނާވެސް ބައްދަލުކުރައްވާފައެވެ.
އަދި އެކި އެޑިޕާޓުމަންޓުތަކުގެ މަސައްކަތްތައް ބައްލަވާލައްވާ އެ ހޮސްޕިޓަލު ހިންގުމުގައި މި ވަގުތު ދިމާވެފައިވާ ދަތިތައް މެޑަމް ސާޖިދާ ވަނީ އޮޅުންފިލުއްވާފައެވެ.




