2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ފަލަސްތީނުގެ 57،418 މީހުން ޝަހީދުވެއްޖެއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީުވެފައިވާ 80 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެނައިއިރު 304 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
މިއާއެކު ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށިފަހުން އިސްރާއީލުގެ ހަމަލާގައި ޒަޚަމްވި ފަލަސްތީނުގެ މީހުންގެ އަދަދު 136،261 އަށް އަރާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގައި އިންސާނީ އެހީ ހޯދަން އުޅުުނު 8 މީހަކު ޝަހީދުކޮށްލާފައިވާއިރު އެހީ ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ދިން ހަމަލާތަކުގައި 40 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
މީގެ އިތުރުން އެހީ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު 751 އަށް އަރާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.




