ހއ. އިހަވަންދޫގައި ހޮސްޕިޓަލު އެޅުމަށް ބޭނުންވާ ބިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.
އިހަވަންދޫގައި އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލުގައި އިމާރާތްކުރާ ބިން އާރުޑީސީ އާއި ހަވާލުކުރުމުގެ ގޮތުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އިހަވަންދޫ ކައުންސިލުން މިއަދު ބުނީ އެ ހޮސްޕިޓަލް އިމާރާތްކުރާ ބިން އާރުޑީސީ އާއި ހަވާލުކުރުމާއި އެކު ޕްރޮޖެކްޓް ނިންމަން ޖެހޭ މުއްދަތު ގުނަންފަށާނެ ކަމަށެވެ.
”މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 18 މަސް ނުވަތަ 540 ދުވަސް“ އިހަވަންދޫ ކައުންސިލުން ބުނެފައި ވެއެވެ.
އިހަވަންދޫގައި އިމާރަތްކުރާ ހޮސްޕިޓަލުގައި 30 އެނދާއި އެކަމަޑޭޝަން ބްލޮކެއް ހިމެނެއެވެ.



