ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލްގައި ޒަމާނީ ގިނަ އައިޓީ ހިދުމަތްތައް ތައާރަފްކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ކުންފުނީގެ އައިޓީ ޓީމަކީ އައު ޓާމިނަލްގެ ޒަމާނީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭކަން ކަށަވަރުކޮށްދޭ ފަރާތްކަމުގައި ބުނެފައެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި ވީއައިއޭގެ އައު ޓާމިނަލްގައި ބައިވަރު އައިޓީ ސޮލިއުޝަންސް ތައާރަފް ކުރާނެއެވެ. އޭގެތެރޭގައި، ނިއު ކަބްސް ޕްލެޓްފޯމް އާއި ސެލްފް ޗެކިން ވެސް ހިމެނޭކަން އެމްއޭސީއެލްއިން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން އެއާޕޯޓުގެ އެފިޝަންސީއަށް ބޭނުންކުރަން އޭއޯޑީބީ އަދި އާރްއެމްއެސް ސާވިސަސް އެންޑް ސޮލިއުޝަންސް ވެސް ބޭނުންކުރާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
”މި އެއާޕޯޓުގައި އަލަށް ޑިޕްލޯއީ ކުރާނެ ފުލީ އޮޓޯމޭޓެޑް ޕީއެޗްއެސް ސިސްޓަމެއް. އެއީ އައު ޓާމިނަލްގެ ހުރިހާ ބެގޭޖެއް މެއިންޓެއިން ކުރުމަށާއި ބޯޑް ކުރަން އެއާޕޯޓުގެ މުވައްޒަފުންނަށް ފަސޭހަކުރުމަށާއި އެއާލައިންތަކަށް އެމީހުން ބޭނުންވާ ހުރިހާ މައުލޫމާތެއް އޮޓޯއިން ބެގޭޖް ޖަރނީގެ މައުލޫމާތު ހިއްސާ ކުރަން ތައާފަފްކުރާ ހިދުމަތެއް“ އެމްއޭސީއެލް އިން ބުންޏެވެ.
އެ ހިދުމަތް އިތުރަށް ފުރިހަމަކޮަށްފައިވާނީ އެއްވެސް ކަހަލަ ހިއުމަން އިންޓާވެންޝަނެއް ނުލައި، އެ ހުރިހާ ފަންކްޝަނެއް ހިނގާ ގޮތަށް ކަމުގައި ވެސް އެމްއޭސީއެލްގެ އައިޓީ ޓީމުން ބުނެފައިވެއެވެ.




