ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ޕެސެންޖަރ ޓަރމިނަލްގެ އެއްގަމަށް އޮންނަ މަގުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާތީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއޭސީއެލް އިން ރޭގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިހާރު ގެނެސްފައިވާ ބަދަލާއެކު އެއާޕޯޓަށް ވަންނަން މިހާރު ބޭނުންކުރާ ބޭރު މަގުގެ ބަދަލުގައި އެއާޕޯޓަށް ވަދެ ނުކުތުމަށް ބޭނުން ކުރަން ޖެހޭނީ އާ ޓާމިނަލްގެ ކުރިމައްޗަށް އޮންނަ މަގު ކަމަށެވެ. އަދި ޓެކްސީ ކިޔު ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ފަސިންޖަރު ވޯކްވޭގެ ނިމޭ ހިސާބަށެވެ. ކްސީ ޑްރޮޕް-އޮފް ޕޮއިންޓާއި އެމްޓީސީސީގެ ބަސް ނައްޓާލާނީ އަދި މަޑުކުރާނީ ވެސް މި ސަރަހައްދުންނެވެ.
މި ބަދަލު ގެނެސްފައިވަނީ އިއްޔެއިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި ޔޫ ޓާން ނެގޭނީ ހަމައެކަނި ޕޮލިސް ޗެކްޕޮއިންޓް ސަރަހައްދުންނެވެ.
ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިކަމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލްއިން މިހާރު ދަނީ ވަމުންނެވެ.



