އިޒްރޭލުން ޣައްޒާއަށް ހަމަލާދީ 78 މީހަކު ޝަހީދުކޮށްލައި، ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް މަޑުޖައްސާލައިފިއެވެ.
އިޒްރޭލުން ހަމަލާދިން މީހުންގެ ތެރޭގައި ގިނައީ ކާބޯތަކެތީގެ ދަތިކަން ފޯރައިގެން، އެހީ ހޯދުމަށް ނުކުމެ އުޅުނު މީހުންނެވެ.
އެގޮތުން ރަފާގައި އެހީގެ ސާމާނު ބަހާ މަރުކަޒެއް ކައިރިއަށް އެއްވެތިބި ބަޔަކަށް އިޒްރޭލު ސިފައިން އިއްޔެވެސް ވަނީ ހަމަލާދީ، އިޒްރޭލުން ވަނީ އެތަނުން ގިނަ ބަޔަކު ޝަހީދު ކޮށްލާފައެވެ.
ޣައްޒާގެ ނޫސް އެޖެންސީއެއް ކަމަށްވާ ވަފާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިއްޔެގެ މި ހަމަލާތަކާއެކު އެހީދޭ މަރުކަޒުތައް ކައިރިން އެކަނި ވެސް ޣައްޒާއިން ޝަހީދު ކޮށްލި މީހުންގެ އަދަދު މިވަނީ 838 އަށް އަރާފައެވެ.
މީފެއިތުރުން ޔަހޫދީ އިޒްރޭލު ސިފައިން ދަނީ ޣައްޒާގެ ރައްކާތެރިކަމުގެ ސަރަހައްދުތަކުގައި ތިބި ރައްޔިތުންނަށް ވެސް ހަމަލާތައް ދެމުންނެވެ. އެގޮތުން ޚާން ޔޫނިސްގެ ޓެންޓުތަކަށްވެސް ހަމަލާދީ އެތަނުން 9 މީހަކު ޝަހީދު ކޮށްލިކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.



