ފާއިތުވި 24 ގަޑިއިރުތެރޭ އިސްރާއީލުން ޣައްޒާގެ 130 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފާއިތުވި ސައުވީސް ގަޑިއިރު ތެރޭގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަަމަލާތަކުގައި ވަނީ ފަލަސްތީނުގެ 495 މީހަކު ޒަޚަމްވެފައެވެ.
އަދި ފާއިތުވި ސައުވީސް ގަޑިއިރުތެރޭގައި ޣައްޒާއަށް ދިން ހަމަލާތަކުގައި 130 މީހަކު ޝަހީދުވެފައި ވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް 2023 ވަނަ އަހަރު ހަނގުރާމަ ފެށި ފަހުން ފަލަސްތީނުން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު ވަނީ 58،895 އަށް އަރާފައި ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން އެ ހަނގުރާމަ ފެށިފަހުން ފަަލަސްތީނުން 140،980 މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ނަސްލު ނައްތާލުމުގެ މި ހަނގުރާމައިގައި ފަލަސްތީނުގެ އާބާދީ ބޮޑު ސަރަހައްދުތައް ވަށާލައި އިސްރާއީލުން ވަނީ އެތަނުގައި ދިރިއުޅޭ ދެ މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ މީހުންނަށް ތެލާއި ކަރަންޓާއި ކާނާއާއި ފެން ލިބޭނެ މަގު ބަންދުކޮށްފައެވެ.



