ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ކަރަންޓު ކެނޑިފައިވަނީ ހިޔާ ޓަވަރުގެ 1 އިން 16 އަށް، ވިނަރެސް ޓަވަރުގެ 9 އާއި 10، ސްޓެލްކޯ ހިޔާ، އެމްޑަބްލިޔުއެސްސީ ހިޔާ، އެމްއޭސީއެލް ފްލެޓުތަކުގެ އިތުރުން އެސްޓީއޯ ހިޔާ އިންނެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، ކަރަންޓު ކެނޑިފައިވަނީ އެސްޓީއޯ ހިޔާއަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
އެ މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރެވެމުންދާއިރު، ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން މިހާރު ކަރަންޓު ނުދެވި ވަނީ އެސްޓީއޯ ހިޔާއާއި މަސްޖިދު ހަސަން އާދަމްއަށް ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.




