މާލޭ ނޯތު ހާބަރގެ ސަރަހައްދު މަސް މާރުކޭޓާ ހަމައަށް ބޮޑުކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެމްޕީއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މާލޭ ނޯތު ހާބަރގެ ސަރަހައްދު މިހާރު ވަނީ ބަނދަރާއި އިންވެގެން އޮތް ސަރަޙައްދުން ފެށިގެން، ލޯކަލް މަސްމާރުކެޓާ ހަމައަށް ބޮޑުކޮށްފައިވާ ކަމަށެވެ.
މާލޭ ނޯތު ހާބަރގެ އާ ސަރަޙައްދުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
° މާލޭ ނޯތު ހާބަރގައި ރަޖިސްޓަރީ ކުރުން: މި ސަރަހައްދުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރު މާލޭ ނޯތު ހާބަރގައި ރަޖިސްޓަރީ ކުރަން ޖެހޭ
° 1 އޮގަސްޓް 2025 އިން ފެށިގެން ބަނދަރުގެ ޚިދުމަތް ލިބޭނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް.
° 1 ސެޕްޓެމްބަރ 2025 އިން ފެށިގެން: އާ ސަރަހައްދުގައިވެސް ޚިދުމަތް ދޭނީ މާލޭ ނޯތު ހާބަރގެ ރަސްމީ އުސޫލުތަކާއި ޓެރިފްތަކާއި އެއްގޮތްވާ ގޮތުގެ މަތިން.
ރަޖިސްޓަރީ ކުރެއްވުމަށް ނުވަތަ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މާލޭ ނޯތް ހާބަރ އޮޕަރޭޝަންސް 3006545 އާ ގުޅުއްވުމަށް އެމްޕީއެލްއިން އެދިފައިވެއެވެ.



