ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
އާރްޑީސީން ބުނީ، ހަތަރު ރަށެއްގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތާއި، އެއް ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީ ކުރުމަަށް ސްޕޯޓްސް މިނިސްޓްރީއާއި އެ ކޯޕަރޭޝަނާ ދެމެދު، މިއަދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.
އެގޮތުން އާރްޑީސީއާ ހަވާލު ކޮށްފައިވަނީ:
° ރ. މާކުރަތުގައި އައުޓްޑޯ ޖިމްއެއްގެ މަސައްކަތް. އެއީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް. އެ މަޝްރޫއުގެ އަގަކީ 453،000 ރުފިޔާ.
° ކ. މާފުށީގައި އައުޓްޑޯ ޖިމްއެއްގެ މަސައްކަތް. އެއީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް. އެ މަޝްރޫއުގެ އަގަކީ 291،600 ރުފިޔާ.
° ކ. ގާފަރުގައި އައުޓްޑޯ ޖިމްއެއްގެ މަސައްކަތް. އެއީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް. އެ މަޝްރޫއުގެ އަގަކީ 453،000 ރުފިޔާ.
° ތ. ތިމަރަފުށީ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް. އެއީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް. އެ މަޝްރޫއުގެ އަގަކީ 1،765،248.12 ރުފިޔާ.
° ލ. ކަލައިދޫ އައުޓްޑޯ ޖިމްގެ އިކުއިޕްމެންޓް ބަދަލު ކުރުމުގެ މަސައްކަތް. އެއީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް. އެ މަޝްރޫއުގެ އަގަކީ 291،600 ރުފިޔާ.




