ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ރޯޑް ޑިވޮލޮޕުމަންޓު ކޯޕަރޭޝަން(އާރްޑީސީ)ގެ އާ އެމްޑީ އިބްރާހީމް ނަޒީމާ ބައްދަލުކުރައްވައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްްވާފައިވާ، ޣާޒީ ރަދުންގެ އަސަރުތައް ދިރުވުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ބޭއްވި މަޝްވަރާ ބައްދަލު ކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި އާރުޑީސީއަށް އަލަށް އައްޔަންކުރެވުނު އެމްޑީ އިބްރާހީމް ނަޒީމަށް ބަހާބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
އާރްޑީސީގެ އެމްޑީގެ މަޤާމަށް ނަޒީމް އައްޔަނުކުރައްވާފައި ވަނީ އިއްޔެއެވެ.



