ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 11 މަޝްރޫއެއް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ އިއްޔެ ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެގޮތުން އެ ރަސްމިއްޔާތުގައި ވަނީ އެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައެވެ.
އޭގެތެރޭގައި ހިމެނެނީ 5 އައުޓްޑޯ ޖިމް، 3 ފުޓްބޯޅަ ދަނޑު (ސަބްބޭސް، ޓާފް، ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުން)، 1 ހޭންޑްބޯޅަ ކޯޓު، 1 ފުޓްސަލް ދަނޑުގެ އިތުރުން ފ. ބިލެތްދޫ ފުޓްބޯޅަ ދަނޑެއްގެ ވަށާފާރާއި ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.
މިއީ ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އަމާލު ހިފާފައިވާ މަޝްރޫއުތަކެކެވެ.



