މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް (އެމްޕީއެލް) އިން މިދިޔަ ހަފްތާގައި 1314 ކޮންޓެއިނަރ ހުސްކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހުސްކުރި ކޮންޓެއިނަރުތަކުން އެންމެ ގިނައީ ފިޔަލާއި ބިސްކަން ވެސް އެމްޕީއެލް އިން ރޭގައި އާންމުކުރި ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.
އެގޮތުން އެމްޕީއެލްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި 27 އިން އޮގަސްޓް 2 ވަނަ ދުވަހުގެ ނިޔަލަށް 1314 ކޮންޓެއިނަރު ވަނީ ހުސްކޮށްފައެވެ. މީގެތެރޭގައި 20 ފޫޓުގެ 500 ކޮންޓެއިނަރާއި 40 ފޫޓުގެ 407 ކޮންޓެއިނަރު ހިމެނެއެވެ.
މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ހުސްކޮށްފައިވަނީ ބިހެވެ. އެއީ 16،988 ކޭހެވެ. ދެވަނައަށް އެންމެ ގިނައިން ހުދްކޮށްފައިވަނީ ފިޔަލެވެ. އެއީ 13،096 ބަސްތާއެވެ.
މިދިޔަ ހަފްތާގައި އެމްޕީއެލްއިން ހުސްކޮށްފައިވާ އަސާސީ ކާބޯތަކެތީގެ އަދަދުތައް:
° ކަރާ: 7،437 ކޭސް
° އަލުވި: 5،538 ބަސްތާ
° ޓޮމާޓޯ: 3،888 ކޭސް
° އަލަނާސި: 3،181 ކޭސް
° ކެބެޖް: 2،920 ކޭސް
° ދޮންކެޔޮ: 2،6،34 ކޭސް



