ޔަހޫދީ އިޒްރޭލުގެ ސަބަބުން ޣައްޒާގައި މިހާރުވެސް ދަށަށް ގޮސްފައިވާ ސިއްހީ ނިޒާމު، އިތުރަށް ބަލިކަށިވާން ފަށައިފިއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ޣައްޒާގެ ހޮސްޕިޓަލުތަކުގެ ބްލަޑް ބޭންކްތަކުން މިހާރު ވަނީ ލޭ ހުސްވާން ކައިރިވެފައެވެ.
ޔަހޫދީ އިޒްރޭލުން ވަނީ ޣައްޒާގެ ހޮަސްޕިޓަލުތަކަށާއި ކްލިނިކްތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ ގިނަ ތަންތަނަށް އަމާޒުކޮށް ވެސް އެތައް ހަމަލާއެއް ދީފައެވެ. އެކަމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް ރައްޔިތުންނެއް ވަނީ ރަނގަޅު ބޭސްފަރުވާއެއް ލިބުމުން މަހުރޫމް ވެފައެވެ.
މީގެއިތުރުން ޔަހޫދީން ވަނީ ޣައްޒާއަށް ކާބޯތަކެތީގެ އިތުރުން ބޭސްފަރުވާގެ ސާމާނު އެތެރެކުރުން ވެސް ހުއްޓުވާފައެވެ. މިކަންކަމުގެ ސަބަބުން ޣައްޒާގެ އެތައް ރައްޔިތުންނެއް ވަނީ ހާލުގައި ޖެހިފައެވެ.
ޣައްޒާގެ ހޮސްޕިޓަލުތަކުން ލޭ ހުސްވާން ކައިރިވެފައިވާއިރު، އިޒްރޭލުގެ ސަބަބުން ޖެހިފައިވާ ބަނޑުހައި ހޫނުކަމުގެ ހާލަތުގެ ސަބަބުން ލޭ ހަދިޔާ ކުރެވޭނެ މީހަކު ވެސް މިހާރު ޣައްޒާގައި ނެތެވެ.



