މިދިޔަ ޖޫން މަހުގެ 1ވަނަ ދުވަހު މުޅި މާލެއާއި، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑުނު މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ.
އެދުވަހު ކަރަންޓު ދިޔުމަށްފަހު އަލުން ކަރަންޓު އައިސްފައިވަނީ 6 ގަޑިއިރު ފަހުންނެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ޖޫން މަހުގެ 1ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.
އަދި އެ މަޢުލޫމާތައް ބަލައި ފުލުހުން އެ މައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންދާ ކަމުގައިވެސް ފުލުހުން ބުންޏެވެ.
ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކޮށްދޭނެ ވާހަކަ ދަންނަވަން“ ފުލުހުން ބުންޏެވެ.
ވިލިމާލެ ފިޔަވައި މުޅި މާލެ ސަރަހައްދުން މިއަދުވެސް ވަނީ ކަރަންޓު ކެނޑިފައެވެ. ނަމަވެސް މިއަދު ކަރަންޓު ކެނޑުނުވާ 3 ގަޑިއިރު ތެރޭގައި ހުޅުމާލެ އަދި މާލެއަށް އެއްކޮށް ވަނީ ކަރަންޓު ދީފައެވެ.



