އދ. ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނު ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މިހާރު ދަތުރުކުރަމުންދާ ކަމަށެވެ.
ރޯވި އަލިފާންގަނޑު ނިއްވާލުމަށް މި ވަގުތު ކުޑަރަށް ރިސޯޓުގެ ފަޔަރ ޓީމެއް އެ ރިސޯޓުގައި ހަރަކާތްތެރި ވަމުންދާ ކަމުގައިވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު ކަމަށާއި އަދި، ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.



