ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިއަދު މެންދުރު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ސްޓެލްކޯއިން މިހާރު ހައްލު ކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށެވެ.
”ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން. ދިމާވި ދަތިތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދެން.“ ސްޓެލްކޯއިން ބުނެފައިވެއެވެ.
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިފައިވާއިރު، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިމަހުގެ 9 ވަނަ ދުވަހު މުޅި މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓު ގޮސްފައެވެ. ނަމަވެސް ސްޓެލްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަރަންޓު ކެނޑުނުތާ 3 ގަަޑިއިރު ތެރޭގައި ވަނީ މާލެއާއި ހުޅުމާލެއަަށް ވެސް އަލުން ކަރަންޓު ދީފައެވެ.



