އއ. ތޮއްޑޫގައި އިންޑޯ ބެޑްމިންޓަން ހޯލެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިމިވަނީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ތޮއްޑޫގައި އިމާރާތްކުރާ އިންޑޯ ބެޑްމިންޓަން ހޯލެއް ގާއިމް ކުރުމުގެ މަަސައްކަތް ހަވާލު ކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
ތޮއްޑޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޑޯރ ބެޑްމިންޓަން ހޯލް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. އަދި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި ތޮއްޑު ކައުންސިލްގެ ރައީސްވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.



