މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވެހިކަލްތައް ކުއްޔަށް އެދި މިހާރު އޮންލައިންކޮށްވެސް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން އިއުލާނު ކޮށްފިއެވެ.
އެމްޕީއެލްއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ވެހިކަލްތައް ކުއްޔަށް ހިފުމަށްއެދި އޮންލައިންކޮށް ހުށަހެޅޭނީ ރެޖިސްޓަރ ކޮށްފައިވާ ކަސްޓަމަރެއްގެ ގޮތުގައި ”މައިބަނދަރު“ ޕޯޓަލަށް ލޮގިން ކޮށްގެން ކަމަަށެވެ.
އޮންލައިންކޮށް ހުށަހަޅާނެ ގޮތް:
1.ރަޖިސްޓަރ ކޮށްފައިވާ ކަސްޓަމަރެއްގެ ގޮތުގައި މައިބަނދަރު ޕޯޓަލް http://my.port.mv އަށް ލޮގިން ކުރައްވާ.
2.ހޯމް ޕޭޖުން ”ރެންޓަލް މޮޑިއުލް“ އިޚްތިޔާރު ކުރައްވާ.
3.ކުރިއަށް ވަޑައިގަތުމަށް ”ވެހިކަލް ރެންޓަލްސް“ ހިޔާރުކުރައްވައި، ބޭނުންވާ މަޢުލޫމާތު ފުރިހަމަކުރައްވާ.
އެމްޕީއެލްއިން ކުއްޔަށް ލިބެން ހުރި އުޅަނދުތަކަކީ:
° ފޯކްލިފްޓް
° ކްރޭން
° ޓާމިނަލް ޓްރެކްޓަރ (20 ފޫޓް 40 ފޫޓް)
° ސައިޑް ލޯޑަރ
° ރީޗް ސްޓެކަރ
° ބާޖް ހޭންޑްލަރ



