ޔޫކްރޭން-ރަޝިޔާ ހަނގުރާމަ ހުއްޓާލައި، ރަޝިޔާއާއެކު ސްލްހަ ޤާއިމުކުރުމަށްފަހު ޔުކްރޭންގެ ސަލާމަތީ ކަންކަމުގައި އެމެރިކާ ބައިވެރިވާނެ ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ކުރެވުނު މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނެރުމުގެ ”ފުރުސަތު“ އޮތްކަން ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.
އަދި ޓްރަމްޕާ ހަވާލާދީ މީޑިއާތައް ބުނާގޮތުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނަށް ބޮޑެތި ތަކުލީފުތައް އަންނަނީ ކުރިމަތިވަމުންނެވެ.
ޓްރަމްޕް ވަނީ މިކަމުގައި ޝާމިލުވާ އެންމެންނަށް، ޚާއްޞަކޮށް، ޔޫކްރެއިންގެ ރައްޔިތުންނަށް، ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހިފައިވާކަން ހާމަކޮށް އެ ރައްޔިތުންނަށް ހަމަޖެހުން ހޯދައިދިނުމަށް އެދިފައެވެ.
ރަޝިއާގެ ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނީ ކުރީގެ ރައީސް ޖޯ ބައިޑަން ކަމަށް ސުވާލު އުފެދޭ ވާހަކަތައް ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފައެވެ.
”ޖޯ ބައިޑަންއަކީ މިކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރި ބޭފުޅެއް، އަހަރެމެން ބޭނުންވަނީ އެކަން ނިމުމަކަށް ގެންނަން،“ ޓްރަމްޕް ވިދާޅުވި އެވެ.
ފުރަތަމަ ގަބޫލުކުރެއްވީ ޔުކްރެއިން-ރަޝިޔާ ހަނގުރާމަ އަވަހަށް ހައްލުވާނެ ކަމެއް ކަމަށް ނަމަވެސް އެއީ ވަރަށް ގޮންޖެހުންބޮޑު ކަމެއް ކަން މިހާރު އެނގިފައިވާ ކަމަށް ޓްރަމްޕްއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޓްރަމްޕް ވަނީ 2014 ވަނަ އަހަރު ރަޝިޔާއިން ހިފާފައިވާ ކްރައިމިއާ އަލުން ހޯދުމުގެ އުއްމީދުތަކާއި ނޭޓޯގައި ބައިވެރިވުމުގެ އަމާޒަށް ދޫކޮށްލުމަށް ޔޫކްރެއިންއަށް ހިތްވަރު ދެއްވާފައެވެ.
ރަޝިޔާއިން ކްރައިމިއާ ހިފުމަކީ ޣައިރު ގާނޫނީ ކަމެއްގެ ގޮތުގައި ދުނިޔޭގެ މުޖުތަމައުގެ ބޮޑު ބައެއް ދެކެއެވެ.


