ހދ. ހަނިމާދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދު ފަށައި، އެމަސައްކަތް ކުރިއަށް ގެންގޮސް ނިންމުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލު ކޮށްފިއެވެ.
ހަނިމާދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެ މަސައްކަތް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އަރިހުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވެސް ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއު ކުރިއަށް ގެންދަން ހެލްތު މިނިސްޓްރީއާއި އާރްޑީސީގެ ފަރާތުން އެއްބަސްވުމެއްގައި ސޮއި ކުރީ މިއަހަރުގެ މާރިޗް މަހުގެ 15ވަނަ ދުވަހުގައެވެ.
އަންނަ އަހަރުގެ ސެޕްޓެމްބަރު 6ގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އަގަކީ 97،069،239.40 ރުފިޔާއެވެ.



