އެމެރިކާއިން ޔޫކްރެއިންއަށް ދޭ މާލީ އެހީތެރިކަން ހުއްޓާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުކްރެއިންގެ ވެރިރަށް ކިއޭވް އަށް އަސްކަރީ އާލާތްތައް މިހާރު ނުފޮނުވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އަދި ރަޝިޔާ ޔުކްރެއިން ހަނގުރާމައަށް އިޝާރާތްކޮށް އެ ހަމަނުޖެހުންތަކުގައި އެމެރިކާއިން ބޮޑު ހޭދައެއް ކުރަމުން ދިޔަ ނަމަވެސް މިހާރު އެކަންހުއްޓާލާފައިވާ ކަމަށް ޓްރަމްޕް އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
”އަސްކަރީ އާލާތްތައް މިހާރު ވިއްކަނީ ނޭޓޯއަށް. ޔޫކްރޭނަށް ނުވިއްކާ،“ ޓްރަމްޕާ ހަވާލާދީ ބައެއްް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
ހުޅަނގުން ކިއޭވްއަށް ހަތިޔާރު ފޯރުކޮށްދިނުމާއި ޔޫކްރެއިންގެ ސިފައިން ތަމްރީނުކުރުމަށް އެއްބާރުލުން ދިނުމަކީ ހަމަނުޖެހުން ދިގުދެމިގެންދާ ކަމެއް ކަމަށާއި ހަނގުރާމައިގެ މައިދާނުގެ ހާލަތަށް ބަދަލެއް ނާންނާނެ ކަމެއް ކަމަށް މޮސްކޯއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އެމެރިކާއިން ޔޫކްރެއިންއަށް ދޭ މާލީ އެހީތެރިކަން ހުއްޓާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވާއިރު، ޓްރަމްޕް ވަނީ ދާދި ފަހުން ޔުކްރޭން-ރަޝިޔާ ހަނގުރާމަ ހުއްޓާލައި، ރަޝިޔާއާއެކު ސްލްހަ ޤާއިމުކުރުމަށްފަހު ޔުކްރޭންގެ ސަލާމަތީ ކަންކަމުގައި އެމެރިކާ ބައިވެރިވާނެ ކަަމަށްވެސް ވިދާޅުވެފައެވެ.



