ކެރިއަރ ގައިޑެންސް ޕްރޮގްރާމްގެ ދަށުން، ޅ. ހިންނަވަރު ސްކޫލްގެ ދަރިވަރުންނަށް އެ ރަށު ފެނަކަ ބްރާންޗުން މުހިންމު މައުލޫމާތުތަކެއް މިއަދު ދީފިއެވެ.
ހިންނަވަރު ފެނަކަ ބްރާންޗުން މި މައުލޫމާތުތައް އެ ރަށު ސްކޫލް ދަރިވަރުންނަށް ދީފައިވަނީ، އިއްޔެއަކީ ޤައުމީ އިންޖިނިއަރުންގެ ދުވަސް ކަމަށް ވާތީ، އެ ދުވަހާ ގުޅިގެން ދަރިވަރުން ކުރި ޒިޔާރަތުގެ ތެރެއިންނެވެ.
ފެނަކަ އިން ދަނީ އެ ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ސްކޫލް ދަރިވަރުންނަށް މިފަދައިން މައުލޫމާތުތަށް ފޯރުކޮށްދެމުންނެވެ.
މި މައުލޫމާތުތަކުގެ ސަބަބުން، ފެނަކަ ފަދަ ކުންފުނިތަކުން ދޭ ޚިދުމަތްތަށް ދަރިވަރުންނަށް އެނގުމުގެ އިތުރުން މުސްތަޤުބަލުގައި އެ ދަރިވަރުންނަށް ފެނަކަފަދަ ކުންފުންޏަކާ ގުޅިގެން ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން ވެސް އުފެދިގެން ދެއެވެ.
ޤައުމީ އިންޖިނިއަރުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 30ވަނަ ދުވަހެވެ.




