ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ތިން ރަށެއްގެ މަސައްކަތު ސައިޓުތަކުގައި މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާނުކޮށްފިއެވެ.
އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ، މ. މުލި އަދި މ. ކޮޅުފުއްޓާއި، އެ އަތޮޅުު ނާލާފުށްޓެވެ.
އާރުޑީސީން އެ ތިން ރަށުގެ ވޯކިން ސައިޓްގައި މަސައްކަތްކުރަން ހޯދަން އިއުލާނުކޮށްފައި ވަނީ ސައިޓް ސުޕަވައިޒަރުންނާއި ޕްރޮޖެކްޓް އެސިސްޓަންޓުންނާއި، އިންވެންޓަރީ މެނޭޖްމަންޓް އޮފިސަރުންގެ އިތުރުން، ބާބެންޑާ އަދި ޑްރައިވަރުންނެވެ.
އާރްޑީސީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަގު ހެދުމުގެ އިތުރުން ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަމުން އަންނައިރު އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ އެ ރަށެށްގެ އިޤްތިޞާދަށް ފައިދާ ވާނެހެން، އެ ސައިޓުތަކުގައި މަސައްކަތް ކުރުމަށް މެޖޯރިޓީ ސްޓާފުން އެ ރަށަކުން ނެގުމަށެވެ.
ގިނަ ރަށްތަކެއްގެ މަގުހެދުމާއި އިތުރު އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް އާރްޑީސީން ކުރިއަށްގެންދާއިރު، ސަރުކާރުން ވަނީ މިދިޔަ މަހުގެ ތެރޭގައިވެސް އިތުރު 11 ރަށެއްގެ މަގުތައް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައެވެ.



