މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސް (އެމްނެޓްސް)ގެ ”އޯޕަން ޑޭ“ގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުވާލައިފިއެވެ.
އެމްނެޓްސްގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތް އޮންނާނީ 20 ސެޕްޓެންބަރު 2025ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.
މި ހަރަކާތުގެ މަގުސަދަކީ އެމްނެޓްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ މި ކުންފުނީގެ އެކި ފެސިލިޓީތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު ގައުމީ އެއާ ނެވިގޭޝަން ސާވިސްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ކިޔައިދިނުމެވެ.
އެމްނެޓްސް ”އޯޕަން ޑޭ“ ގައި ބައިވެރިވުމަށް 200 ފަރާތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު، ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާންޖެހޭނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ 11 ސެޕްޓެމްބަރު 2025ގެ ނިޔަލަށެވެ. ނަމަވެސް ”އޯޕަން ޑޭ“ އަށް ކަނޑައަޅާފައިވާ ޖާގަ ހަމަވުމުން ރަޖިސްޓްރޭޝަން ބަންދުކުރެވޭނެއެވެ.



