ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާންމުންގެ އުޅަނދުތައް ޕާކު ކުރުމަށް އެއާޕޯޓުގެ ހުޅަނގު ފަރާތުގައި އޮންނަ ޕާކިން ސަރަހައްދުގައި، އުޅަނދުތައް ޕާކު ކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ.
ވީއައިއޭގެ ޕާކިން ސަރަހައްދު ބަންދު ކުރީ، އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ދިމާކޮށެވެ. އެމްއޭސީއެލްއިން އެއިރު ބުނީ އެ ސަރަހައްދުގައި ޕާކު ކުރުން މަނާކުރީ ވަގުތީ ގޮތުން ކަމަށެވެ.
ވީއައިއޭގެ ހުޅަނގު ފަރާތު ޕާކިން ސަރަހައްދު ބަންދުކުރުމުން ދަތިތަކަކާ ކުރިމަތިވާތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްއޭސީއެލްއިން މިހާރު ވަނީ އެ ސަރަހައްދު ހުޅުވާލާފައެވެ.



