މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް މިއަދު ކުރިއަށްގެންގޮސްފިއެވެ.
އެމްޕީއެލް އިން ބުނީ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އެންމެ ފުރަތަމަ ކުރިއަށްގެން ދިޔައީ ކޭކް ފެޅުމުގެ ހަފުލާއެއް ކަމަށެވެ.
އެގޮތުން އެ ހަފުލާގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނާއި މެނޭޖްމަންޓްގެ ބޭފުޅުން އަދި މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޕީއެލުން މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ރަސްމީކޮށް ފެށީ 15 ސެޕްޓެމްބަރު 1986 ގައެވެ. އެންމެ ފުރަތަމަ ހިދުމަތް ފެށީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައެވެ. އެމްޕީއޭ ކުންފުންޏަކަށް ބަދަލުކޮށް، އެމްޕީއެލްގެ ނަމުގައި ހިދުމަތް ދޭން ފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ.



