ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލު އަނބުރާ ދައްކަން ޖެހޭ ތާރީޙު ފަސްކޮށްދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ މާލީ ވުޒާރާއި އިންޑިއާ ހައިކޮމިޝަނާއެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.
މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވަނީ މިއަދު ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އަދި އިންޑިއާ ސަފީރު އަރިހުގައި އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އަދި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބަދައްލުވުމުގެ ބޭނުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން މުރާޖަޢާކޮށް ހަރުދަނާކުރުން ކަމަށް ފިނޭންސުން ބުންޏެވެ.
މި ބައްދަލުވުމުގައި ގިނަ ކަންކަމާއި މެދު މަޝްވަރާކުރެވިގެން ދިޔައިރު، އެންމެ މުހިއްމު އެއް ކަމަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާކަން ކަށަވަރުވުވެގެން ދިއުންކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
މި ޓްރެޝަރީ ބިލުގެ މުއްދަތު ހަމަވާން އޮތީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މާލީ ވުޒާރާއިން ވިދާޅުވީ މި ނިންމުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަމެވެ.



