މާލޭގައި ހުންނަ ފަސްތަރީގެ ހޮޓެލް، ބާސެލޯ ނަސަންދުރާގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ބާސެލޯ ނަސަންދުރަގެ އިރުމަތިން އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށެވެ.
ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.




