މިމަހުގެ 14 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު ގދ. ވާދީ، ފުރުސަތު / ލޫތު އިބްރާހިމް (28އ.) އަށް ލިބުނު އަނިޔާތަކަށް ފަރުވާ ފެނިކޮށް، އެތަނުގައި ތިބި މެޑިކަލް ސްޓާފުންނަަށް ބިރު ދެއްކި މައްސަލައިގައި ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހަމައެދުވަހު މެންދުރުގެ ވަގުތެއްގައި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް، ފަރުވާ ދެމުންދިޔަ މެޑިކަލް މުވައްޒަފުންނަށްބ މަރުގެ އިންޒާރުދީ، ބިރުދެއްކި ކަމަށެވެ. އަދި ޖީބުން ވަޅިއެއް ވެސް ނެގި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 19 ވަނަ ދުވަހު ލޫތު ހައްޔަރު ކުރި ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


