ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފ. ދަރަނބޫދޫ އަދި މަގޫދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.
މި ހިދުމަތް ފ. އަތޮޅުގައި ގާއިމްކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ދަރަނބޫދޫ އާއި މަގޫދޫއަށް ވަޑައިގެންނެވެ.
”ފ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭނެ އެންމެ ޒަމާނީ ފެންވަރުގެ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވިއެވެ.
މިއީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭންކުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައި ބީއެމްއެލް އިން ބުނެފައިވެއެވެ.




