ތިން ޤައުމަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ނިންމުމުން ދިވެހިރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިއީ މި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ލިބިގެންދިޔަ ކުރިއެރުމެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިކަމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާމެދު ޤައުމުތަކުގެ މެދުގައި ޚިޔާލު އެއްގޮތްކަން ހާމަވާކަމަށްވެސް އެ ބަޔާނުގައި ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާން ނިންމާލަމުން ބުނެފައިވަނީ މިހާތަނަށް ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައިވާ ނުވާ ޤައުމުތަކުންވެސް އެ ޤައުމުގެ ރައްޔިތުންގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދިނުމަށް ގޮވާލަމުންނެވެ.
އދ. އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ބައްދަލުވުންތައް މިހާރު ފެށިފައިވާއިރު، ހުޅަނގުގެ ބައެއް ޤައުމުތަކުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާންކޮށްފައެވެ.




