ރަޝިއާ އާއި އީރާނާ ދެމެދު ނިއުކްލިއާ ހަކަތަ ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން (އޭއީއޯއައި) ގެ ވެރިޔާ މުހައްމަދު އިސްލާމީއާާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރަޝިއާ އިން ވަނީ އީރާނުގައި އިތުރު ނިއުކްލިއާ ޕަވާ ޕްލާންޓްތަކެއް ގާއިމް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެގޮތުން ރަޝިޔާއިން ވަނީ އީރާނުގައި 8 ނިއުކްލިއަރ ޕަވަރ ޕްލާންޓް ޤާއިމުކުރުމަށް އެއްބަސްވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުގެ ނައިބު ރައީސް އަދި އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ އިސްލާމީއާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނީ، 2040 ވަނަ އަހަރުގެ ނިޔަލަށް އީރާނުން 20 ގިގަވޮޓްގެ ނިއުކްލިއަރ ހަކަތަ އުފެއްދުމަށް އަމާޒު ހިފާފައިވާ އިރު، އެ އެއްބަސްވުމުގެ ދަށުން 8 ނިއުކްލިއަރ ޕްލާންޓް އެޅުމަށް ރާވާފައިވާ ކަމަށެވެ.
ޑިމާންޑް ބޮޑުވާ ދުވަސްވަރު ކަރަންޓުގެ ދަތިކަން ކުރިމަތިވާ އީރާނުގައި ނިއުކްލިއާ ހަކަތަ އުފައްދާ ޕްލާންޓެއް ހިންގަނީ ހަމައެކަނި ބުޝެރް ސިޓީގަ އެވެ.
ރަޝިއާ އިން ތަރައްގީ ކުރި މި ޕްލާންޓަކީ ގާތްގަނޑަކަށް 1 ގިގަވޮޓްގެ ކެޕޭސިޓީ ހުރި ޕްލާންޓެކެވެ.
އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދާއިމީކޮށް އުވާނުލުމަށް އދގެ ސަލާމަތީ މަޖިލީހުން މިދިޔަ ހުކުރު ދުވަހު ފާސް ކުރުމާ ގުޅިގެންނެވެ.
މި ނިންމުމުގެ ސަބަބުން ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަ ކުރާނެ އެވެ.
އެ ފިޔަވަޅުތައް ދެމެހެއްޓުމަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން ސެޕްޓެންބަރު 19ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ. އެ ކަމަށް އެދި ހުށަހަޅާފައި ވަނީ އީ3ގެ ނަން ދީފައިވާ ވިލާތުގެ ބާރުތައް ކަމުގައިވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުންނެވެ.
ރަޝިއާ އަކީ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމާ ދެކޮޅަށް ވޯޓު ދިން ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ.



