ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޯސީސީ ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީ އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުވާ މީހާ ފުލުހުން ހޯދައި، ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓު މިއަދު މެންދުރު 12:45 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހަމަލާގައި ޒަހަމްވެފައިވަނީ އޯސީސީ ފިހާރައިގައި މަސައްކަތް ކުރާ، ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނެކެވެ.
ފުލުހުން ދާދި ދެންމައަކު ބުނީ، މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގީރް މިއާ (25އ.) މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ސީސީޓީވީ ފުޓޭޖް ބަލައިގެންނާއި އެހެނިހެން ގޮތްގޮތުން ތަހުގީގުން ކުރި މަސައްކަތުން އެމީހާ ދެނެގަނެ، ލޮކޭޓް ކޮށްގެން ކަމަށާއި އޭނާ ހައްޔަރު ކުރީ ހުޅުމާލޭ ފޭސް 2 އިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.




