މާމިގިލީ މަގުތައް ތަރައްގީކުރަން ބޭނުންކުރާ ވެހިކަލްތަކުގެ މެއިންޓަނަންސް މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
މިކަން އެ ކުންފުނިން ހާމަކޮށްފައިވަނީ، މާމިގިލީ މަގުތައް ތަރައްގީ ކުރުމާ ގުޅޭގޮތުން މިއަދު މީސްމީޑިއާގައި ދިން އަދާހަމައެއްގައެވެ.
އެގޮތުން އާރްޑީސީން ބުނީ، މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސް ތާރު އެޅުމުގެ މަސައްކަތައް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން، މެޝިނަރީތަކާއި ވެހިކަލްތަކުގެ މެއިންޓަނަންސް މަސައްކަތްތައް މިވަގުތު ކުރަމުންދާ ކަމަށެވެ.
މާމިގިލީ މަގު ހެދުމުގެ މަޝްރޫއުއާ ގުޅޭގޮތުން މިދިޔަ މަހު އާރްޑީސީން ދިން އަދާހަމައިގައި ބުނެފައިވަނީ، އެ ރަށުގެ ޖަވާހިރު މަގުގައި ދުވާރު ލެވެލް ކުރުމާއި ގާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.




