އދ. މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ އަދާހަމަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދީފިއެވެ.
އާރްޑީސީން އެ މަޝްރޫއުގެ އަދާހަމަ މިއަދު ހިއްސާ ކޮށްފައިވަނީ ”އެކްސް“ މެދުވެރިކޮށެވެ.
އެގޮތުން އާރްޑީސީން ބުނީ މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 2 ވަނަ ފިޔަވަހީގެ ދަށުން މިވަގުތު ކުރިއަށް ދަނީ ތައުލީމީ ހިނގުމުގައި ދުވާރު ކައިރީގައި ކާރބް ސްޓޯން ޖެހުމަށް މަގު ކޮނުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް ގެ އުސޫލުގެ ދަށުން، މަހިބަދޫ ދެވަނަ ފިޔަވަހީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގަ
ެ 20ވަނަ ދުވަހުގައެވެެ.
މި މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގައެވެ.
އާރްޑީސީއާ މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 420 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މިއީ 42،765،652.08 ރުފިޔާގެ މަޝްރޫޢު އެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީން ގެންދަނީ ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތަށް ކުރަމުންނެވެ.



