މުހިންމު މަސައްކަތެއް ކުރުމަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިކަން އިއުލާނު ކޮށްފައިވަނީ އިއްޔެ ”އެކްސް“ މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.
އެގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، މަޖީދީ މަގު، އަބަދަށްފެހި މަގު އަދި މިއަލަނި ގޯޅި ހިމެނޭ ސަރަޙައްދުން 06 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ (މިއަދު) 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.




