މާލޭ ވިޔަފާރިވެރިންގެ ބަނދަރަށް ބާލާފައިހުރި މުދަލުގެ ތެރެއިން ނުގެންގޮސް ހުރި މުދާ އަނެއްކާވެސް ނީލަމުގައި ވިއްކާލަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެ މުދާތައް ބަލަން ބޭނުންވާ ފަރާތްތަކަށް މިއަދު 4:30 ގައި އެ ފުރުސަތު އެމްޕީއެލް އިން ހުޅުވާލާނެއެވެ.
މުދާތައް ބެލުމަށް ނަންނޯޓު ކުރަން ޖެހޭނީ މިއަދު 3:30 ގެ ކުރިން އޮކްޝަން ޕޯޓްލް މެދުވެރިކޮށެވެ.
ނީލަމުގައި ބައިވެރިވެވެނީ އޮކްޝަން ޕޯޓަލްގައި ސަބްސްކްރައިބް ކުރާ ފަރާތްތަކަށެވެ.
މި މުދާތައް ނީލަމަށް ކިޔަން ފެށޭ ގަޑިއަކީ މާދަމާ 14:00 އެވެ. ނިންމާލާ ގަޑިއަކީ ބުދަ ދުވަހުގެ 14:00 އެވެ.
މުދާ ބަލަން ޕޯޓު ސަރަހައްދަށް ވަދެވޭނީ ބޫޓާއެކުގައެވެ.
ނީލަމުގައި ވިއްކާލާ ތަކެތީގެ ތެރޭގައި އެލުމިނިއަމް ފަތި ވެސް ހިމެނެއެވެ.




