މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިންގި ސީ1 ޕޯޓް ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބައެއް މުވައްޒަފުން ބައިވެރިވެއްޖެއެވެ.
ގިރިފުށީގައި ހިންގި މި ތަމްރީނު ޕްރޮގްރާމަކީ ބަނދަރު ސަރަހައްދުގެ ރައްކާތެރިކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ހިންގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14އިން އޮކްޓޯބަރު މަހުގެ 14 އަށެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގައި މުޅިއަކު 30 ބައިވެރިން ބައިވެރިވެފައިވެއެވެ.
މީގެއިތުރުން، މި ޕްރޮގްރާމާ ބެހޭގޮތުން މުހިންމު މައުލޫމާތުތަކެއް ލަރނިންގް އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމަންޓުގެ ޗީފް ލަރނިންގް އެންޑް ޑިވެލޮޕްމެންޓް އޮފިސަރ އައިޝަތު ޝިމްލާ ވަނީ ދެއްވާފައެވެ.


