އާރްޓީއެލް ސްމާޓްކާޑުގެ ނަމުގައި ފޮނުވާ އެއްވެސް ލިންކަކަށް ނުވަނުމަށާއި އެއީ ސްކޭމެއް ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ނަސޭހަތްތެރިވެއްޖެއެވެ.
އެމްޓީސީސީން މީގެ ކުރިންވެސް ވަނީ މިފަދަ ސްކޭމެއް ކުރިއަށްދާކަމަށް ބުނެ، އެކަމަށް ސަމާލުވުމަށް ކަސްޓަމަރުންގެ ކިބައިން އިލްތިމާސް ކޮށްފައެވެ.
އެ ކުންފުނިން އިއްޔެ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި ފޮނުވާ މެސެޖުތަކާއި ލިންކުތަކަށް ސަމާލުވެ، ފޭކް ޕޭޖް ނަންބަރުތަކުން ފޮނުވާ އެއްވެސް ލިންކަކަށް ނުފިތުމަށާއި އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށެވެ.
ފޭކް ޕޭޖުތަކުން ފޮނުވާފައިވާ އާރްޓީއެލް ސްމާޓްކާޑުގެ މައުލޫމާތަކީ އެ ކުންފުންޏާއި އަދި އާރްޓީއެލްއާ ވެސް އެއްވެސް ގުޅުން ހުރި މައުލޫމާތެއް ނޫން ކަމުގައި އެމްޓީސީސީން ބުނެފައިވެއެވެ.
އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވުމަށާއި އެމްޓީސީސީގެ ހިދުމަތްތަށް ސާފުކުރަން ބޭނުންނަމަ، އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.




