ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އިމާރާތްކުރަން އެޗްޑީސީއާ ހަވާލުކޮށްފި އެވެ.
މިލަންދޫގައި 50 ހައުސިން ޔުނިޓް އިމާރާތްކުރަން މިއަދު އެޗްޑީސީއާ ހަވާލުކޮށްފައި ވާއިރު 2022 ގައި އެ ރަށުގައި އަޅަން ފެށި 50 ހައުސިން ޔުނިޓުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.
މިއަދު ހަވާލުކުރި 50 ހައުސިން ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.



