ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން މިއަދު ހޮވައިފިއެވެ.
ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިން އަދި ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ.
އެގޮތުން މިއަހަރު މި ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަކީ:
° މުހައްމަދު އާހިލް އަހްމަދު
° މަރްޔަމް ޖައިޝާން ޖަލީލު
° މުހައްމަދު ޝައުން ހިލްމީ
މި ސްކޮލަޝިޕަކީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ.




