ލ. މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި މިއަދު ހަވާލު ކޮށްފިއެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލު ކޮށްފައިވަނީ ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، މިއަދު މާމެންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ލ. މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.
ރަށްރަށުގެ މަގުތައް ތަރައްގީ ކުރާނީ އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭ ގޮތަކަށް ކަމުގައި ރައީސް މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



