ހުޅުމާލޭގައި ބޭއްވި ”ވިލުންތެރި ފެސްޓް 2025“ ގައި ސްޓެލްކޯގެ ސްޓޯލްތަކަށް ހޫނު ތަރުހީބެއް ލިބިއްޖެއެވެ.
އިއްޔެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ އެ ފެސްޓުގައި ސްޓެލްކޯއިން ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ.
އެގޮތުން އެ ސްޓޯލްތަކުގައި ސްޓެޓިކް އިލެކްޓްރިސިޓީ ދައްކާލުމާއި، ސްޓެލްކޯގެ ޖެނެރޭޓަރުތަކުގެ ސާމްޕަލް ދައްކާލުމުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށް ފޭސް ޕެއިންޓިންގާއި ބައިސިކަލް ރައިޑިންގް ވެސް ބޭއްވިއެވެ.

ސްޓެލްކޯއިން ވިލުންތެރި ފެސްޓުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގަައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ބައިވެރިވިއެވެ.

ވިލުންތެރި ފެސްޓް 2025 އަކީ ސަރުކާރާއި ޔުނިސެފް ގުޅިގެން ބޭއްވި ފެސްޓެކެވެ. އެ ފެސްޓުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން ވަނީ ހުޝިޔާރު ވެބްސައިޓް – ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ޚާއްޞަ ވެބްސައިޓެއް ވެސް ތައާރަފުކޮށްފައެވެ.



