ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް ފުޑް އެންޑް ބެވަރޭޖް އެގްޒިބިޝަން ކަމަށްވާ ”ހޮޓެލް އޭޝިއާ އެގްޒިބިޝަން 2025“ ގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ބައިވެރިވެ، ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ހަތަރު ބްރޭންޑެއް ތައާރަފް ކޮށްފިއެވެ.
އެ އެގްޒިބިޝަންގައި އެސްޓީއޯގެ ހާއްސަ ސްޓޯލެއް ވަނީ ހަދައިފައެވެ. އެ ސްޓޯލްގައި އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފު ކުރި ބެރޭންޑްތައް ދައްކާލައި، އެ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ވެސް ދީފައިވެއެވެ.
މިމަހުގެ 20 އިން ފެށިގެން 22 އާ ހަމައަށް ކުރިއަށްދިޔަ މި އެގްޒިބިޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ތައާރަފް ކުރާ ހަތަރު ބްރޭންޑެއް ވަނީ ދައްކާލާފައެވެ. އެއީ ކެމްޕާ ބްރޭންޑުގެ ޖޫހާއި، މެކް ކޮއިޓީގެ ސައިފަތުގެ އިތުރުން އޮލިމްޕަސް ބްރޭންޑުގެ ޔޯގަޓް އަދި ޗީޒާއި ޗިއޯސް ބެރޭންޑުގެ ޖޫހެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ސްޓޯލްގައި، އާއްމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑެވޮންޑޭލް، ރެމިންޓަން، ފްރަގާޓާ އަދި ޗޮއިސް ބްރޭންޑުގެ އުފެއްދުންތައް ވަނީ އާއްމުންނަށް ފެންނާނެހެން ވަނީ ދައްކާލާފައެވެ.



