ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރުގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހައިފިއެވެ.
އެނގިފައިވާ ގޮތުގައި ދަރިވަރެއްގެ ގެޔަށް ގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މާލެ ސްކޫލެއްގެ ފިރިހެން ޓީޗަރެކެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރީ އުމުރުން 46 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.




