މާލޭން ގެއްލިގެން ހޯދަން އިއުލާނުކުރި ނޭޕާލުގެ އަންހެނެމީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީގެ ފަސް ދުވަސް ކުރިން ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކުރީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ (19އ) އެވެ.
ފުލުހުން ބުނީ ޕޫރްނީމާ ގަޖްމަރ ހޯދަމުންދަނީ އޮކްޓޯބަރ 21 ވަނަ ދުވަހުގެ މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް 2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ އިރު އެއްސި 06:56 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ ޕޫރްނީމާ މިއަދު ފެނިފައިވާ ކަމަށެވެ.
އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.


