އޭވިއޭޝަންގެ ދާއިރާގައި ހުރި ފަހި ފުރުސަރުތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްކަންދަރު ސްކޫލްގެ ދަރިވަރުންނަށް ކިޔައިދީފިއެވެ.
އޭވިއޭޓަރސް މޯލްޑިވްސް އިން ބުނީ، އިސްކަންދަރު ސްކޫލްގައި މިއަދު ކުރިއަށްގެންދިޔަ ”ޕްރޮފެޝަން ޑޭ“ ގައި އެމްއޭސީއެލް އިން ބައިވެރިވި ކަމަށެވެ.
އެ ހަރަކާތުގެ ތީމަކީ ”މީ އެންޑް މައީ ވޯލްޑް“ އެވެ.
އެމްއޭސީއެލް އިން ވަނީ އެ ހަރަކާތުގައި ބައިވެރިވެ، އިސްކަންދަރު ސްކޫލްގެ ދަރިވަރުންނަށް އޭވިއޭޝަންގެ ދާއިރާއާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއްދީ، އެ ދާއިރާއަށް ދަރިވަރުން ޝައުގުވެރި ކުރުވާފައެވެ.




