މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މ. ޖީނާ، މޫމިނާ ވަޙީދު އައްޔަންކުރައްވައިފިއެވެ.
މޫމިނާއަށް މަޤާމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވީ އެ ކަމަށް ޓަކައި ސިޓީސް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެ ކަމަނާއަށް ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ރަށްވެހި މާލަމުގައި އޮތް މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ނާއިބު ރައީސާއި އެ ކޮމިޝަންގެ ބައެއް މެންބަރުންނާއި، ސިޓީސް މިނިސްޓްރީގެ ސީނިއަރ މެނޭޖުމަންޓްގެ ބޭފުޅުންނާއި، މަދަނީ އިސް މުއައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މޫމިނާ ވަޙީދަކީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމުގެ އިތުރުން އެ ކޮމިޝަންގެ އިދާރީ އެކި މަޤާމުތައް އަދާކުރައްވާފައިވާ ތަޖުރިބާކާރު ކަނބަލެކެވެ. މީގެ އިތުރުން މޫމިނާ ވަނީ ކޮންސަލްޓަންޓެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި މަސައްކަތްކުރައްވާފައެވެ.
އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެސް އިސް މަޤާމެއްގައި މޫމިނާ މަސައްކަތްކުރައްވާފައި ވެއެވެ.





1 Comment
އެޗްއާރްސީއެން ފަނާ ކޮށްލި އެކޮނޮމިކް މިނިސްޓްރީ ދުއްވާލި ޓްރީޓޮޕް ވެންޓިލޭޓަރަށްލި